ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީގެ އެންމެ ބޮޑު އެކްސްކަވޭޓަރު އެ ރަށަށް

7 ނޮވެމްބަރ 2021 - 13:13

ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެމްޓީސީސީ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރ މިހާރު ވަނީ ހާރޑް-ސްޓްރޭޓާ ޑިމޮލިޝަންގެ މަސައްކަތަށް ހާބަރ ބޭސިންއަށް ޑިޕްލޯއި ކުރެވިފައި ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެތުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.