ނުރައްކާތެރި ދެ ހާދިސާއެއް ހިނގުމުން ރާއްޖޭގެ ސަލާމަތީ ބާރުތަށް އެހީތެރިވެދީފި

18 އޮކްޓޯބަރ 2021 - 11:29

މިއަދުގެ މިހާތަނަށް ނުރައްކާތެރި ދެ ހާދިސާއެއް މާލެ ސަރަހައްދުގައި ހިނގުމުން އެމްއެންޑީއެފުން އެހީތެރިވެދީފިއެވެ. އެތަނުން އެއް ހާދިސާ އަކީ، އެކަނި ބޯވަ ނަގަން ގޮސްއުޅުނު މީހަކު މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާދިޔުމެވެ. މި މީހާ ފެނިފައިވަނީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށެވެ. މަޢުލޫމާތު ލިބޭގޮތުގައި މިއީ ދިވެސެކެވެ. މީނާ މިހާރުވަނީ މޯލްޑިވްސް ޕޮލިސް ހެޑްކްއޯޓަރޒްއާ ހަވާލުކޮށްފައެވެ.

ދެވަނަ ހާދިސާ އަކީ މާރުކޭޓު ބޭރުތޮށިމަތީ މަސްބާނަން ތިބި ދެ މީހުންގެ ތެރެއިން އެކަކު ތޮށިމަތިން ބޭރަށް ވެއްޓިގެން ހިނގި ހާދިސާއެވެ. މިހާދިސާގައި މޫދަށްވެއްޓުނު މީހާވަނީ ސިފައިންގެ އެހީތެރިކަމާއެކު މޫދުން ނަގާ، ސީޕީއާރ ދީ، ޕޮލިހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލް އަށް ފޮނުވާފައެވެ. މަޢުލޫމާތު ލިބޭގޮތުގައި މިއީވެސް ދިވެސެކެވެ.

މިދުވަސްވަރަކީ ވަރަށް ކަނޑު ގަދަ ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކާ އަދި ހަމައެހެންމެ ކަނޑާ ގުޅުންހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދިނުމަށް ދަންނަވަމެވެ. ވިސްނާލުމެއްނެތި ކުރާކަމަކުން ފުރާނައަށް ނުރައްކާވާ ހާލަތަށް ހުށަހެޅިގެންދިޔުމަކީ ނުހަނު ކައިރީގައިވާ ކަމެކެވެ. ވީމާ ތިމާއާ އަނެކާގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަންދީ، ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރަމެވެ.