ޑިންގީ ހަޓް ހެދުމުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމިއްޖެ: އެޗްޑީސީ

18 ސެޕްޓެމްބަރ 2021 - 3:13

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޑިންގީ ހަޓްއެއް ހެދުމިގެ ދެބައިކުޅަ އެއްބައި މަސައްކަތް ވަނީ ނިމިފައި ކަމަށް ހައުސިންގ ޑިވެލެޕްމަންޓް ކޮޕަރޭޝަނުން (އެޗް.ޑީ.ސީ) ވިދާޅުވެއްޖެއެވެ.

މިހަޓް ނިންމުމާއެކު ކަނޑުގެ ކުދި އުޅަނދުތައް ގެނސް މަރާމާތުކުރުމަށް ފަސޭހަ ވެގެންދާނެކަމަށް ވެސް އެ ކޯޕަރޭޝަނުން އެންގިއެވެ.

މި މަސައްަކަތުގެ ދެބައިކުޅަ އެއްބައި ނިމިފަިއވާއިރު މިހާރު ކުރިޔަށްދަނީ ހަޓުގެ ފުރާޅު ހެދުމުގެ މަސައްކަތް ކަމަށް އެޗްޑީސީން އެންގިއެވެ. އަދި މި މަޝްރޫއު ނިމުމަށް އަނދާޒާ ކުރެވިފައިވަނީ އޮކްޓޯބަރ `15ގައި ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ހިއްސާކުރެއްވި އެވެ.