ދަރުބާރުގޭ ސަބްސްޓޭޝަނުގައި ހުރި ބާ ޓްރާންސްފޯމާ ބަދަލުކޮށް، ސްޓެލްކޯއިން ދާއިމީ ހައްލެއް ގެނެސްފި

12 ސެޕްޓެމްބަރ 2021 - 6:36

ދައުލަތުގެ ކުންފުނި ކަމަށްވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މައުލޫމާތުދެއްވަނީ ދަރުބާރުގެ ސަބްސްޓޭޝަނުގައި ހުރި ބާ ޓްރާންސްފޯމާ ބަދަލުކޮށްފި ކަމަށެވެ. މި ޓްރާންސްފޯމާއަކީ މީގެ ކުރިން ޖެހުނު މައްސަލައަކާ ގުޅިގެން ވަގުތީ ހައްލެއް ގެނެސްފައިވާ ޓްރާންސްފޯމާއެކެވެ.

އަދި އެ ކުންފުނިން ވިދާޅުވަނީ ބާ ޓްރާންސްފޯމަރު ބަދަލު ކުރުމާއެކު މިހާރު އެކަމަށް ދާއިމީ ހައްލެއް ގެނެސްގައި ވާކަމަށެވެ.

https://twitter.com/STELCOMALDIVES/status/1436648149284581380

އަދި ހަމަ އެހެންމެ ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ދިމާވާ ޓެކްނިކަލް މައްސަލަތައް ވީހާވެސް މަދުކޮށް، ރަނގަޅު ފެނަވަރުގެ ހިދުމަތެއް ކަސްތަމަރުންނަށް ދިނުން ކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މާލޭ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން ދާދި ފަހުން ސްޓެލްކޯއިން ވަނީ މާލެ އަދި ހުޅުމާލެ އެއް ވިއުގައަކުން ގުޅާލާފައެވެ. ސްޓެލްކޯއިން ބުނީ އެއް ވިއުގައަކުން ގުޅާލުމުން މާލެ އަދި ހުޅުމާލޭގެ އެކި ހިސާބުތަކުން ކަންޓު ކެނޑުމަށް ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.