ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

11 ސެޕްޓެމްބަރ 2021 - 3:20

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ތާވަލާ އެއްގޮތަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތުދެއްވައިފިއެވެ.

އެމްޓީސީސީއިން ވިދާޅުވީ އެ މަޝްރޫއުގެ ދަށުން، އެއާޕޯޓް ރަންވޭއާއި ޓެކްސީވޭ، އެޕްރޮން، ފަޔާ ޕެޑް އަދި ފަޔާ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެއަރޕޯޓް ފަޔަރ ބިލްޑިންގްގެ ކޮންކްރީޓް މަސައްކަތުގެ 58 އިންސައްތަ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ޓާމިނަލް ބިލްޑިންގްގެ ކޮލަމް މަސައްކަތް ކަމަށްވެސް އެންގިއެވެ.

މި މަޝްރޫއުގައި 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.