އެމްއެމްޕީއާރުސީއިން އިންތިޒާމްކޮށްގެން ބޭއްވި “ޕަވަރފުލް މާކެޓިން” ވޯކްޝޮޕް ނިންމާލައިފި

30 އޯގަސްޓް 2021 - 9:40

މާކެޓިން ދާއިރާގައި މަސައްކަތް ކުރާ ފަރާތް ތަކަށް އަމާޒުކޮށް އެމްއެމްޕީއާރުސީއިން ބޭއްވި "ޕަވަރފުލް މާކެޓިން" ވޯކްޝޮޕް ނިންމާލައިފިއެވެ.

މިމަހުގެ 2 އިން 26 އަށް މާގިރި ހޮޓެލްގައި ކުރިޔަށް ގެންދިޔަ މި ވޯކްޝޮޕަކީ އެމްއެމްޕީއާރުސީ އަދި ބައިނަލްއަޤްވާމީ ޓްރެއިނިން އިންސްޓިޓިއުޓް، ބޯނާ ބްރޯޑްކާސްޓިން އާއިއެކު ކުރިޔަށް ގެންދިޔަ ވޯކްޝޮޕެކެވެ. ފަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިވޯކްޝޮޕްގެ ޓްރެއިނާ އަކީ މިދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ޓުރާން އަލީއެވެ. މިވޯކް ޝޮޕްގައި އެމްއެމްޕީއާރުސީ އަދި ރާއްޖޭގެ ފަތުރު ވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މިވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު 26 އޯގަސްޓުގައި މާގިރީގައި ބާއްވާފައިވާއިރު، މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނުގެ ގޮތުގައި ބައިވެރިވީ ރާއްޖޭގެ ފަތުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވަމުން ގެންދަވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީގެ ސެކެރެޓެރީ ޖެނެރަލް އަހުމަދު ނަޒީރު އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނަޒީރު ވަނީ ފަތުރުވެރި ކަމުގެ ދާއިރާގައި މާކެޓިންގައި ހަރަކާތްތެ ރިވާ މީހުން ބިނާކުރުމަށް މިފަދަ ވޯކްޝޮޕްތައް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެމްއެމްޕީއާރުސީއިން ކުރަމުންދާ މުހިންމު މަސައްކަތަށް ޝުކުރުއަދާ ކުރައްވާ ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ބޭރުދުނިޔެއަށް ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ފަހުގެ ތަމްރީނާއި، ތައުލީމީ ފުރުސަތު ހޯދުމަކީ މިދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިގޮތުން އެމްއެމްޕީ އާރުސީއިން މިބޭއްވި ތަމްރީންގެ މުހިންމުކަމާއި، މިފަދަ އިތުރު މަސައްކަތްތަކެއް އެމް އެމްޕީއާރުސީއިން ކުރާނެކަ މުގެ އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިވޯކްޝޮޕްގައި ދަސްކޮށްދީފައިވަނީ މާސްޓަރ ލެވެލްގެ ކޯސްތަކުގައި ކިޔަވައިދޭ ފެންވަރު ތިއަރީ ތަކެއްކަމަށެވެ. އެހެންކަމުން، މި ތަމްރީންގެ ބައިވެރިންނަށް ދަސްވި ލިޔުމުގެ ހުނަރުތައް މަސައްކަތުގެ މާހައުލުގައި ބޭނުންކުރާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

ތަމްރީނާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ޓްރެއިނަރ ޓުރާން އަލީ ވިދާޅުވީ މިތަމްރީން އަކީ އެކި ޤައުމުތަކު ގައި ބާއްވާފައިވާ ތަމްރީ ނެއްކަމަ ށެވެއަދި ރާއްޖެއިން މިތަމްރީންގައި ބައިވެރިވި ފަރާތްތަކުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީގައި ކިޔަވައިދިން ބައިތައް ވަރަށް ފަސޭހައިން ނަގައިގަނެ، ދަސްކުރިކަން ފާހަގަކޮށް، އޭނާ ވަނީ ތައު ރީފްކޮށް ފައެވެ. މިއިން އޭނާއަށް ފާހަގަވީ ބައިވެރިންގެ ތޫނުފިލިކަމާ، ކުޅާދާނަކަންކަމަށް އޭނާ ވިދާޅުވިއެވެ .