ކެޕޭސިޓީ ބިލްޑިންގ އަންޑާ ޕަބްލިކް އިންވެސްޓް މެނޭޖްމެންޓް ވޯރޝޮޕް ޕްލޭނިންގ މިނިސްޓްރީން ނިންމާލައިފި

29 އޯގަސްޓް 2021 - 12:30

ޔޫ.އެސް.އޭ.އައި.ޑީ އާއި ގުޅިގެން ކުރިއަށްގެންދިޔަ ކެޕޭސިޓީ ބިލްޑިންގ އަންޑާ ޕަބްލިކް އިންވެސްޓް މެނޭޖްމެންޓް ވޯރޝޮޕް ނިންމާލާ، ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ހައުސިން އަދި ޕްލޭނިން މިނިސްޓްރީއާއި ޔޫ.އެސް.އޭ.އައި.ޑީ އާއި ގުޅިގެން ކުރިއަށްގެންދިޔަވޯރކްސޮޕެކެވެ. މި ވޯރކްޝޮޕަކީ ޔޫ.އެސް.އޭ.އައި.ޑީގެ ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމެންޓް ފޯ މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ޕަބްލިކް އިންވެސްޓް މެނޭޖްމެންޓްގެ ދާއިރާއިން މީހުން ތަމްރީންކުރުމަށް ކުރިއަށްގެންގޮސްފައިވާ ވޯކްޝޮޕެކެވެ.

މި ވޯރކްޝޮޕްގައި އަލިއަޅުވާލައިފައިވާ ދާއިރާ ތަކުގެ ތެރޭގައި ޕީ.ޕީ.ޕީ ، ރެޑިނެސް އެސެސްމެންޓް، ރިސްކް އެސެސްމެންޓް، ރިސްކް އައިޑެންޓިފިކޭސަން އެންޑް ރިސްކް މެނޭޖްމެންޓް، ޕްރޮޖެކްޓް ފައިނޭންސް އެންޑް ފީސިބިލިޓީ ސްޓަޑީސް ފަދަ މުހިންމު ދާއިރާތަށް ހިމެނެއެވެ.

22 އޮގަސްޓް 2021 އިން 29 އޮގަސްޓް 2021 އަށް ކުރިއަށްގެންގޮސްފައިވާ މި ވޯކްޝޮޕުގައި ކިޔަވާދިނުމުގައި ހަރަކާތްތެރިވެފައިވަނީ ޔޫ.އެސް.އޭ.އައި.ޑީގެ އިންޓަރނޭޝަނަލް މާހިރުންކަން މިނިސްޓްރީން މައުލޫމާތުދެއްވިއެވެ.