އިސްލާމިކް މިނިސްޓްރީން ސްކޫލްތަކަށް 20,000 މުސްހަފް ހަދިޔާކޮށްފި

10 ފެބުރުއަރީ 2021 - 13:34

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ ސްކޫލްތަކަށް ހަދިޔާ ކުރުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން 20000 މުސްޙަފު ހަވާލުކުރައްވައިފިއެވެ.

މި މުޞްޙަފްތައް އެޑިއުކޭޝަން މިނިސްޓްރީ އާއި ޙަވާލުކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ މިނިސްޓަރ އަޙްމަދު ޒާހިރު ޢަލީ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މުޞްޙަފުތަކާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. މި މުޞްޙަފުތަކަކީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންކުރުމަށް ހަދިޔާކުރެވުނު މުޞްޙަފުތަކެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އަބަދުވެސް ދިވެހި ރައްޔިތުންނަށް އަންނަނީ މުޞްޙަފު ހަދިޔާކުރަމުންނެވެ. މިގޮތުން މިވަގުތުވެސް މިނިސްޓްރީގެ ފަރާތުން ކީރިތި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ އަދި މުޞްހަފު ލިބިލައްވާނެކަމުގައި މިނސްޓްރީން މަޢުލޫމާތުދެއްވައެވެ.