ޔޫތު މިނިސްޓްރީއިން 15 ޖަމްއިއްޔާއަކަށް މާލީ އެހީ ހަވާލުކޮށްފި

15 އޯގަސްޓް 2021 - 1:12

އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމުގެ ގޮތުން މަދަނީ ޖަމްޢިއްޔާތަކުން ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން 15 ޖަމްޢިއްޔާއަކަށް މާލީ އެހީ ހަވާލުކޮށްފިއެވެ.

މި އެހީ ޖަމްއިއްޔާތަކާއި ހަވާލުކޮށްދެއްވީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމްއެވެ. މިއީ އެ މިނިސްޓްރީއިން ކުރިޔަށް ގެންދާ "އެންޖީއޯ ގްރާންޓް ޕްރޮގްރާމް" ގެ ދަށުން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން 15 ޖަމްއިއްޔާއެވެ.

މިފަހަރުގެ ޕްރޮގްރާމްގައި އެ މިނިސްޓްރީއިން ވަނީ ތިން ދާއިރާއަކުން މާލީ އެހީ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހުޅުވާލާފައެވެ. ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރިއިރު މިފަހަރު މާލީ އެހީ ހޯދުމަށް ރާއްޖޭގެ 12 އަތޮޅަކުން 62 ޖަމްޢިއްޔާއެއް ކުރިމަތިލިއެވެ. އެގޮތުން އެހީ ލިބުނު ޖަމްޢިއްޔާތަކަކީ:

  1. ނަލަފެހި މީދޫ
  2. ލިވް އެންޑް ލާރން އެންވަޔަރަމަންޓަލް އެޑިއުކޭޝަން މޯލްޑިވްސް
  3. މޯލްޑިވްސް ފެމިލީ ފައުންޑޭޝަން
  4. ހުވަދޫ އެއިޑް
  5. ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑެވެލޮޕްމަންޓް އެންޑް އެމްޕަވަރމަންޓް
  6. އިންސްޓިލް މޯލްޑިވްސް
  7. ތަކަންދޫ އެކުވެރިންގެ ރޫޙް
  8. ނައިފަރު ޖުވެނައިލް
  9. ނަޑެއްލާ އައިލެންޑް ޑެވެލޮޕްމަންޓް ސޮސައިޓީ
  10. ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
  11. ނެޓްވޯކް އޮފް ޑެވެލޮޕިންގ ސޮސައިޓީ
  12. ވެށިސާފު
  13. ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ
  14. ޖާރނީ
  15. ކެއާރ'88 އީ.ޕީ.އެސް.އެސް

ކުރިޔަށް އޮތް ތަނުގައި ވެސް މަދަނީ ޖަމްއިއްޔާތަކަށް މާލީ އެހީ ދިނުމަށް އެކި ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް އެ މިނިސްޓްރީއިން ވަނީ ނިންމާފައެވެ.