ށ. ބިލެއްފަހި ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށައިފި

29 ޖުލައި 2021 - 5:06

ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 27 ޖުލައި 2021 ވަނަ ދުވަހު ފެށިފައި ވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

ގައު އެތުރުމުގެ މަސައްކަތް ފެށިފައި ވާއިރު، އެމްޓީސީސީން މައުލޫމާތު ދޭގޮތުގގައި ބިލެއްފަހީގައި ތަރައްގީ ކުރަމުން އަންނަ ބަނދަރުގެ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިމިފައެވެ

މި މަޝްރޫޢުގެ ދަށުން، 40،576 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމައް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން 1.150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައި ވެއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.