5 ވަނަ ޓޫރިޒަމް މާސްޓަރޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓުން އެޕްލައިކުރުމުގެ މުއްދަތު އިތުރުކޮށްފި

17 ޖުލައި 2021 - 11:44

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 5 ވަނަ ޓޫރިޒަމް މާސްޓަރޕްލޭން އެކުލަވާލުމުގެ މަސައްކަތަށް 10 ކޮންސަލްޓަންޓުން ހޯދުމަށް ކުރެވުނު އިޢުލާނުގެ ތެރެއިން 9 ލޯކަލް ކޮންސަލްޓެންޓުން ހޯދުމަށް ކުރެވުނު އިއުލާނުގެ މުއްދަތު އިތުރު 01 (އެކެއް) ހަފްތާއަށްކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ކޮންސަލްޓަންޓް، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް، ސޯޝިއޯ-ކަލްޗަރަލް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް، ޓޫރިޒަމް މާރކެޓިންގ، ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން ކޮންސަލްޓަންޓް، މެރިން އެންޑް ލިވްއެބޯރޑްސް ކޮންސަލްޓަންޓް، ލީގަލް ކޮންސަލްޓަންޓް، ޓޫރިޒަމް ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް އިކޮނޮމިކް ޕްލޭނިންގް ކޮންސަލްޓަންޓް، ޓޫރިޒަމް ޕޮލިސީ ކޮންސަލްޓަންޓް، އަދި ޓޫރިޒަމް ސެކިއުރިޓީ ކޮންސަލްޓަންޓް ކަމަށް ހުށައަޅާ ބޭފުޅުން 20 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:59 ގެ ކުރިން ހުށައަޅަން ވާނެއެވެ.

 އިތުރު ތަފްސީލް: https://www.gazette.gov.mv/iulaan/view/157288

މކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިމިނިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް އީމެއިލް ކުރައްވައިގެން ސާފުކުރެވޭނެއެވެ.