ށ.ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

10 ޖުލައި 2021 - 11:07

ށ. ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 7 ޖުލައި 2021 ވަނަ ދުވަހު ފަށައިފި އެވެ.

މި މަސައަކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

މި މަޝްރޫޢުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަޙައްދެއް ސާފުކުރުމާއި، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 460.29 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުން އަދި ކާނު ގަނޑަކާއި ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ 2.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ،