މިނިވަންދުވަސް ފާހަގަކުރުމުގެގޮތުން މާލޭ ސަރަހައްދުގައި ބާއްވާ ލައިވް އާޓް ހަރަކާތެއްގައި ބައިވެރިވުމަށް ޝައުޤުވެރިވާ އާޓިސްޓުން ހޯދަނީ

7 ޖުލައި 2021 - 14:11

މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެގޮތުން މާލޭގެ ސަރަހައްދެއްގައި ބާއްވާ ލައިވް އާޓްގެ (މިއުރަލް) ހަރަކާތުގައި ބައިވެރިވާން ބޭނުންވާ އާޓިސްޓުން ހޯދުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިޢުލާނުކޮށްފިއެވެ.

އެންސީއޭ އިން އިއްޔެ އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނީ މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެގޮތުން މާލޭގެ ސަރަހައްދެއްގައި ކުރިއަށްގެންދަން ހަމަޖެހިފައި ވާކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވެލައްވާ އާޓިސްޓުން info@nca.gov.mv އަށް 12 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ފޮނުއްވުމަށް ވެސް އެންސީއޭ އިން އެދެއެވެ.

މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3313456 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ info@nca.gov.mv އަށް މެއިލްކުރެއްމަށް ވެސް އެންސީއޭ އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

މިއުރަލް ފާރުތަކާއި ސީލިންގް ފަދަ ތަންތަނުގައި ވަގުތުން ކުރަހާލާ ކުރެހުމުގެ މަސައްކަތަށް އާޓްގެ ފަންނުގައި ބޭނުންކުރާ ނަމެވެ. މިއުރަލް ކުރެހުމުން ތަންތަނުގެ ހައިބަތްތެރިކަން އިތުރުކޮށްދެއެވެ.