ތ. ކަނޑޫދޫ ސުކޫލްގައި އިމާރާތް ކުރާ 3 ކިލާސް ރޫމްގެ މަސައްކަތް ބަޔަކާއި ހަވާލު ކޮށްފި

7 ޖުލައި 2021 - 8:56

ތ އަތޮޅު ކަނޑޫދޫ ސްކޫލުގައި އިމާރާތްކުރާ 03 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ އެގްރިމެންޓްގައި ސޮއި ކޮށްފިއެވެ.

ކަނޑޫދޫ ސުކޫލްގެ 3 ކުލާސް ރޫމުގެ ނުނިމިހުރި މަސައްކަތް ހަވާލުކޮށްފައި ވަނީ، އިސްކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

އެކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 1،146،700.79 (އެއްމިލިއަން އެއްލައްކަ ސާޅީސް ހަ ހާސް ހަތްސަޔޭކަ ރުފިޔާ ހަތްދިހަ ނުވަ ލާރި) އަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެގްރިމެންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒްއެވެ. އަދި އިސްކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ފަރާތުން އެގްރިމެންޓްގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އަބްދުﷲ ސައީދް އެވެ.

މި މަސައްކަތް އެކުންފުންޏާއި ހަވާލު ކޮށްފައިވަނީ، 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.