އެސްޓީއޯއިން ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ވިއްކުމަށް 22 އެޖެންޓުން

27 ޖޫން 2021 - 18:02

އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް 22 އެޖެންޓުން އައްޔަންކޮށްފިއެވެ.

އެސްޓީއޯއިން އެޖެންޓުން ހޯދުމަށް އިއުލާންކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ ތެރޭގައެވެ. އަދި މާޗު މަހު ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅި ހުރިހާ ފަރާތްތެއް އެޖެންޓުންގެ ގޮތުގައި މިހާރު އައްޔަން ކޮށްފައިވާކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

ކޮންސްޓްރަކްޝަން އެޖެންޓުން ޢައްޔަންކުރުމާ ގުޅޭގޮތުން އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު އީމާން ވިދާޅުވީ މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ.

އެސްޓީއޯއިން މާޗް މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަކަށް ކަމުގައިވީނަމަވެސް، އެކުންފުނިންވަނީ އެޖެންޓަކަށްވުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި އުސޫލުތަކައް ބަދަލުގެނެސް، ރާއްޖޭގެ ހުރިހާ ރަށެއްގައި ޢިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަން ނިންމާފައެވެ.

އެޖެންޓުން ހޮވުމުގައި ރަށްރަށުގައި ތިބި ވިޔަފާރިތަކަށް އިސްކަންދޭއިރު ޖުލައިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެއެވެ. ފޯމް އެސްޓީއޯ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ، އެޖެންޓުން މެދުވެރިކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީވެސް އެސްޓީއޯއިން ކުދި ވިޔަފާރިތަކަށް ހުޅުވާލި ދޮރަކަށްވާއިރު އެއީ ކާމިޔާބު މޮޑަލެއްކަން އެޖެންޓުން ފާހަގަކުރެއެވެ.