ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި

24 ޖޫން 2021 - 7:49

ނ. އަތޮޅު ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކަމަށް އެ މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެ މަސައްކަތް ފަށާފައިވަނީ މި ޖޫން މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

ފަސް މިލިއަން ރުފިޔާގެ މި މަޝްރޫއު، 100 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އިރު، މި މަޝްރޫއުގެ ދަށުން، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހާ 235 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވަނީ، މި އަހަރުގެ އޭޕްރިލް މަހުގެ 07 ވަނަ ދުވަހު އެވެ.