ހުޅުމާލޭގައި އަޅާ 1000 ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފަށައިފި
10 ޖޫން 2021 - 11:49
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ހުޅުމާލޭގައި އަޅާ 1000 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިއީ އަމިއްލަ ކުންފުންޏެއްކަމަށްވާ އެޕޯލޯ ހޯލްޑިގްސްއިން އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެޕޯލޯއާ ހަވާލުކުރީ ހަތަރު ކެޓަގަރީއަކަށް ޚާއްސަކޮށްގެން 1000 ފްލެޓް އެޅުމަށެވެ. އެ ފްލެޓްތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މިއީ ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މިކްސްޑް ރެސިޑެންޓް ހައުސިންގ ޕްރޮޖެކްޓުގެ ބައެއްވެސް މެއެވެ.
1000 ހައުސިންގ ޔުނިޓްގެ މި މަޝްރޫޢުގައި އެކި ރޭންޖްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. މި މަޝްރޫޢަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ. މިގޮތުން މި މަޝްރޫއުގައި އަޅާ ހައުސިން ޔުނިޓްތަކުގައި ކައުންސިލް ހައުސިންގް އާއި އެފޯޑަބަލް ހައުސިންގެ އިތުރުން މިޑް ރޭންޖްގެ ހައުސިން ޔުނިޓްތައް ހިމެނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އެކި ޒޯންތަކަށް ބަހާލައިގެންނެވެ.