7 ރަށެއްގައި ފެނާއި ނަރުދަމާ އަޅަން ހަވާލުކޮށްފި

9 މެއި 2021 - 12:47

ހަތް ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކުރުމަށްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ސޮއިކޮށްފިއެވެ.

އެގޮތުން ށ.ފޭދޫ، ހދ.މަކުނުދޫ، ހދ.ނޭކުރެންދޫ އަދި ހދ.ނެއްލައިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތު ރަޝީދު ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 195,671,500.02 ރުފިޔާއަށެވެ.

ވ. ކެޔޮދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 39,501,155.41 ރުފިޔާއަށެވެ.

ކ. ހިންމަފުށީގައި ފެނުގެ ނިޒާމް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ މާކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 49,485,347.62 ރުފިޔާއަށެވެ.

ގއ. ނިލަންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމަށް ސޮއިކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއު ވެސް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 26,169,279.75 ރުފިޔާއަށެވެ.

ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދު ފުއްދުމަށް މިހާރު ވެސް ގިނަ ރަށްތަކެއްގައި އަންނަނީ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.