ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ގައި ބައިވެރިވާން ދިވެހިންނަށް ހުޅުވާލައިފި

3 މެއި 2021 - 16:18

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ގައި ބައިވެރިވާން އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ހުޅުވާލައިފިއެވެ.

މި މިޝަންގައި ބައިވެރިވެވޭނ އެއިރޮސްޕޭސް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންއިން ފަދަ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ އުމުރުން 35 އަހަރު ނުފުރޭ ދިވެހިންނަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އައިޖީ އެސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިމަހުގެ 7 ގެ ކުރިން އެޕްލައިކުރަން ޖެހޭނެއެވެ. މިޝަން އަށް ނަގާނީ ޖުމްލަ 12 ދިވެހިންނެވެ.

މިޝަންއަށް ހޮވޭ ފަރާތް ތައްތަމްރީނުކުރާނީ އެމެރިކާގެ ތަޖުރިބާކަރުންގެ ޓީމަކުންނެވެ. ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖއެސް) ގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވިގޮތުގައި މުޅިން ހިލޭ ކުރިއަށް ގެންދާ މި ތަމްރ ނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ‘ނެނޯ ސެޓެލައިޓް އިންޖިނިއަރިންގ ޕްރޮފެޝަނަލް’ ސެޓްފިކެޓް ލިބޭނެއެވެ. މިއީ ސްޕޭސް އިންޑަސްޓްރ އިން ގަބޫލުކުރާ ސެޓްފިކެޓެވެ.

“ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް އުފައް ދާނ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުން. އަޅުގަނޑުމެން މުޅި މިޝަން ރާވާފައިވަނީ ފުލްޓައިމް ވަޒީފާގައި އުޅޭ ޒުވާނުންނަށްވެސް ބައިވެރިވެވޭ ގޮތަށް. އެހެން ވީމަ ވަޒީފާއިން ވަކިނުވެ މި ތާރީހީ މަސައްކަތުގައި ބައިވެރިވެވޭނެ ” ރިފްއަތު ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަނ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނ އެހީތެރި ކަމާއެކީއެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާއާއި ޔޫރަޕިއަން ސްޕޭސް އެޖެންސ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެއެވެ. ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓަށް ބޭނުންވާ ހާޑްވެއަރ ސަޕްލައިކޮށް، ދިވެހިން ތަމްރީނުކުރުމުގެ އިތުރުން ސެޓެލައިޓް ލޯންޗްކުރުމުގައިވެސް ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އައިޖީ އެސް އަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.