ކާށިދޫ އަދި ދިއްފުށީ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފި
28 އެޕްރީލް 2021 - 10:01
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީކުރުމުން އަންނަ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ކ. ކާށިދޫ އަދި ކ. ދިއްފުށީ ދަނޑު ތަރައްގީކުރުމަށް ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.
މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހިމްއެވެ. އަދި ޓީ.އޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ތައުފީގްއެވެ.
ދިއްފުށީ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1،884،901.76 ރުފިޔާއަށެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 27 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ކާށިދޫ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2،274،907.76 ރުފިޔާއަށެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 35 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.