ދ.މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

27 އެޕްރީލް 2021 - 17:07

ދ.މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރީ މިއަދުއެވެ.

36.82 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި, 294 މީޓަރުގެ އެއްގަމުތޮށިލުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ހަމައެހެންމެ 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް ހަމަޖެހިފައިވާއިރު، 1470 އަކަ މީޓަރުގެ ސަރަހަައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ. އޭގެ އިތުރުން ނެރުބައްތިއާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 408 ދުވަހުގެތެރޭގައެވެ.