ސްޕެއިންގެ ޓްރެވަލް އެޕް ޕާސްޕޯޓާރ އާއިއެކު ވިޒިޓް މޯލްޑިވްސް އިން ކެމްޕެއިނެއް ފަށައިފި

14 އެޕްރީލް 2021 - 6:30

ސްޕެއިންގެ މަގްބޫލް ޓްރެވަލް އެޕް، ޕާސްޕޯޓާރ އާއިއެކު ރާއްޖެ އިސްތިހާރުކުރުމަށް ކެމްޕޭނެއް ފަށައިފި އެވެ.

މި ކަމްޕެއިން ދަށުން މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެއެމްޕީއާރުސީ) އިން ވަނީ ޕާސްޕޯޓަރ އެޕް މެދުވެރިކޮށް އިޝްތިހާރުކުރުމަށްޓަކައި ނުފޫޒުގަދަ ހަތަރު ސަހްސިއްޔަތެއް ރާއްޖެ ގެނެސްފަ އެވެ. އެ ޤައުމުގެ ނުފޫޒުގަދަ މި ޝަހްސިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ އައިޑާ ޑޮމެނިކް ޕަސްކުއަލް އާއި، އަލްބާ ޕައުލް ފެރަރ އާއި ޕައުލާ ގޮންޒާލެޒް ނުނެޒް އަދި ޖޮނަތަން ބެޓްރަން ވިއެގޯ އެވެ.

ނުފޫޒުގަދަ މި ހަތަރު ސައްހްސިއްޔަތުން މި މަހުގެ 13 ން 20 އަށް ރާއްޖޭގައި ތިބުމަށް ވަނީ ހަމަޖެހިފައެވެ.

ޕާސްޕޯޓާރ އެޕްއާކީ ގިނަ އަދަދެއްގެ މީހުން ބޭނުންކުރަމުންދާ ފަތުރުވެރި މަންޒިލްތަކާއި ފަތުރުވެރިން ގުޅުވައިދޭ ޕްލެޓްފޯމެކެވެ. މި އެޕްވަނީ ފޮޓޮގްރަފީއާއި ޓްރެވެލްގެ މާކެޓުގައި މި އެޕް ވަނީ ގިނަގުނަ އެވޯޑްތައްވެސް ހާސިލްކޮށްފައެވެ. 500،000 އަށް ވުރެ ގިނަ މީހުން ބޭނުން ކުރަމުންދާ މިއެޕް އަކީ ސްޕެއިންގެ މާކުޓުގައި ޓްރެވަލް އެޕްގެ ދާއިރާއިން އެންމެ ގިނައިން ޑައިންލޯޑު ކުރަވޭ އެޕްލިކޭޝަނެވެ.

ސްޕެއިން އިން އައި ހަތަރު ނުފޫޒުގަދަ ސައްސިއްޔަތުން ތިބުމަށް ހަމަޖެހިފައިވަނީ ކޮކޫން މޯލްޑިވްސްގަޔާއި، ފުށިފަރު މޯލްޑިވްސް އަދި ކުރަމަތި މޯލްޑިވްސްގައެވެ.

މިދަތުރުގެ ތެރޭގައި މި ފަރާްތތަކުގެ ސޯޝަލް މީޑިއާގަޔާއި ޕާސްޕޯޓރ އެޕްގައި އިޝްތިހާރުކުރެވިގެން ދާނެއެވެ. މީގެއިތުރުން މިދަތުރުގެ ހާއްސަ ތަޖުރިބާތަކާއި ތަފާތު ހަރަކާތްތައް އެކުލެވޭ ގޮތަށް ޕާސްޕޯޓާރ އެޕުގްއި ހަތަރު އައިޓިނަރީ އެއް ތައްޔާރު ކުރެވިގެން ދާނެއެވެ.