ހުޅުމާލެ ފޭސް ތިނެއްގެ ބިނާވެށި ތަރައްގީކުރުން ސީއެމްއީސީއަށް

27 މާޗް 2024 - 17:47

ހުޅުމާލެ ފޭސް ތިނެއްގެ ބިނާވެށި ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ މެޝިނަރީ އިންޖީނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގެ ކަރަންޓު ނެޓްވޯކްގެ މަސައްކަތް ކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި ހުޅުމާލެ ފޭސް ތިނެއްގައި ޖީޕޮން ނެޓްވޯކްސް އެޅިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް ތިނެއްގެ މަގުތައް ތަރައްގީ ކުރާނީ އަލިފާނުގެ ހާދިސާތަކުންނާއި ފެނާއި ނަރުދަމާގެ ނިޒާމުވެސް އިތުރަށް ފުރިހަމަވާނެ ގޮތަށް ކަމަށް އެޗްޑީސީން ބުނެ އެވެ.